A wide advertisement which will be shown on all devices. (700 x 100)

ރ. ފައިނުގައި ހިނގި އެކްސިޑެންޓް: އަނިޔާވި ކުޑަ ދެ ކުދިންނާއި ބޮޑު މީހަކު ވެންޓިލޭޓަރުގައި

ރ. ފައިނުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ކުޑަ ދެ ކުއްޖަކަށާއި ބޮޑު މީހަކަށް ފަރުވާދެނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރަށް ލައިގެން ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ފައިނުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 7.30 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. އެއީ އެ ރަށުގައި 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ މަގުމަތީގައި ކަސްރަތު ކުރަން ތިބި ބައެއްގެ ގައިގައި ޖެހިގެންނެވެ.

މި ހާދިސާގައި އަނިޔާވީ ކުޑަ ދެ ކުދިންނާއި ދެ މީހަކަށެވެ. އެއީ ސްކޫލް ދެ ކުދިންނާއި ޕްރިންސިލާއި ޓީޗަރަކަށެވެ. ސީރިއަށް އަނިޔާތަކެއް ލިބި އެ އަތޮޅު އުނގޫފާރު ހޮސްޕިޓަލަށް ގެންދިޔަ ދެ ކުއްޖަކާއި މީހެކެވެ. އަދި އެމީހުން މާލެއަށް ފޮނުވާލީ އިއްޔެގެ ވަގުތެއްގައެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލާ ހަވާލާދީ ވަގުތު އޮންލައިނުން ރިޕޯތްކޮށްފައިވަނީ ފައިނުގައި ހިނގި އެކްސިޑެންޓްގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ދެ ކުއްޖަކާއި ބޮޑު މީހަކު އައިގީއެމް ހޮސްޕިޓަލަށް ގެންގޮސް، ފަރުވާދެމުން އަންނަ ކަމަށެވެ.

އަދި  އަނިޔާވެގެން ފަރުވާ ދެނީ އުމުރުން 14 އަހަރާއި 17 އަހަރުގެ ދެ ފިރިހެން ކުދިންނަށާއި އުމުރުން 49 އަހަރުގެ ފިރިހެނަކަށްކަމަށެވެ. އެ އެންމެންނަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ބާއްވައިގެން ވެންޓިލޭޓަރުގެ އެހީގައި ކަމަށް ވެސް މީޑިއާ އޮފިޝަލާ ހަވާލާދީ އެ ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !