A wide advertisement which will be shown on all devices. (700 x 100)

ގދ. ރަތަފަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ގދ. ރަތަފަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަތަފަންދޫގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، ގދ. ރަތަފަންދޫ ބަނދަރު މަރާމާތުކޮށް އިތުރަށް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް މާލީ ވުޒާރާއިން ވަނީ އިއުލާންކުރައްވާފައެވެ. މި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތަކީ، އެ ރަށުގެ ރައްޔިތުންނަށް އުމްރާނީ ގޮތުން ދިގު އިންތިޒާރެއްގެ ނިމުން ގެނެސްދޭނެ މަޝްރޫއެކެވެ.

މިއަހަރުގެ ޖެނުއަރީ މަހު ގދ. ރަތަފަންދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވަނީ، ކުޑަ އާބާދީއެއް އޮތް ނަމަވެސް އެ ރަށަށް ބޭނުންވާ ކަންކަމަކީ މުހިންމު ކަންކަން ކަމަށާއި ރައްޔިތުންގެ އުއްމީދުތަކުގައި ހަގީގީ ކުލަ ޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެ ގޮތުން، ރައްޔިތުން އެދޭ ރަށުގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މިއަހަރު ކުރިއަށްގެންދާ ބަނދަރު މަޝްރޫޢުތަކުގެ ތެރެއިން ކުރެވޭނެ ކަމަށް އެ މަނިކުފާނު ޔަގީންކަން ދެއްވިއެވެ.

ރައީސްގެ އެ ވައުދާއި އެމަނިކުފާނު ދެއްވި ޔަގީންކަމާ އެއްގޮތަށް، މާލީ ވުޒާރާއިން ވަނީ މި އަހަރުގެ ތެރޭގައި ރަތަފަންދޫ ބަނދަރުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް ފެށުމަށްޓަކައި “ޑިޒައިން އެންޑް ބިލްޑް” އުސޫލުން މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބިޑު ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި މަސައްކަތާ ބެހޭ ހުރިހާ ލިޔެކިޔުންތައް މާލީ ވުޒާރާގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

މި މަޝްރޫޢުގެ ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށް މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ޖެހުމުގެ ކުރިންނެވެ. އަދި ބިޑު ހުޅުވުން އޮންނާނީ ޖެހިގެން އަންނަ 24 ވަނަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރުއެވެ.

ރަތަފަންދޫ ބަނދަރުގެ ފެންވަރު ރަނގަޅުކުރުމުގެ މި މަސައްކަތުގެ ދަށުން 221 މީޓަރުގެ ބޭރު ތޮއްޓެއްލުމާއި، ކަނޑިންމާ ބައްތި ހަރުކުރުމާއި، 21 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 312.7 މީޓަރުގެ ޖެޓީއެއް ހެދުމާއި، ބަނދަރު ސަރަޙައްދު ވެލި އެއްވަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !