A wide advertisement which will be shown on all devices. (700 x 100)

ރާއްޖޭގެ ޚާރިޖީ ވަޒީރު ވެނެޒުއޭލާގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ޚާރިޖީ ވަޒީރަށް ފޮނުއްވައިފި

ވެނެޒުއޭލާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، އިވާން ގިލް ޕިންޓޯ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

‎ވަޒީރުގެ މެސެޖުގައި ވިދާޅުވީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އެމަނިކުފާނުގެ އަމިއްލަ ނަނަފުޅުގައި، ވެނެޒުއޭލާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮއެދުންތައް، އެ ޤައުމުގެ ޚާރިޖީ ވަޒީރަށާއި ވެނެޒުއޭލާ ސަރުކާރަށް އަދި އެންމެހާ ރައްޔިތުންނަށް ފޮނުވުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއްކަމަށެވެ.

އަދި ރާއްޖެއާއި ވެނެޒުއޭލާ ދެމެދުގައި އޮތް އެކުވެރި ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އަރުވާކަމަށާއި ޚާރިޖީ ވަޒީރު ޕިންޓޯ އަށް ދުޅަހެޔޮ ސިއްޙަތާއި ވެނެޒުއޭލާ ރައްޔިތުންނަށް ސުލްހައާއި ތަނަވަސްކަން ލިބުމަށް އެދިވަޑައިގަންނަވާކަމާށް ވަޒީރު ވިދާޅުވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !