A wide advertisement which will be shown on all devices. (700 x 100)

ގައުމީ ވޮލީ ބޯޅަ ލީގު 2025: ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ޕޮލިސް ކްލަބް އަތުން ބަލިވެއްޖެ

ގައުމީ ވޮލީ ބޯޅަ ލީގު 2025ގައި މިއަދު ހަވީރު ކުޅުނު މެޗުގައި ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި ބައްދަކުރި މެޗު ސީދާ ތިން ސެޓުން ޕޮލިސް ކުލަބުން ކާމިޔާބުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ ސެޓުތައް ޕޮލިސް ކުލަބުން ގެންދިޔައީ 25-14، 25-22، 25-11 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކުލަބުގެ ޗިރާގެވެ.

ރަނގަޅު ފެށުމަކުން މުބާރާތް ފެށި ދަނޑިމަގަށް ޕޮލިސް ކުލަބު އަތުން މޮޅުވެވޭ ގޮތެއް ނުވިނަމަވެސް ލީގުގެ ފުރަތަމަ މެޗުގައި ރޭ ދަނޑިމަގު ވަނީ ފަހަތުން އަރާ 3-1 ސެޓުން އެޗްޑީސީ އަތުން މޮޅުވެފައެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ ލީގު 2025 ގެ ފިރިހެން ޑިވިޝަނުގައި ވާދަކުރަނީ ވީއޭއެމް ކަޕް 2025 ގެ ގަދަ ފަސް ޓީމެވެ.

ގައުމީ ވޮލީބޯޅަ ލީގުގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަށް ކުރިއަށް އޮތް ގައުމީ ވޮލީބޯޅަ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !