އިޖުތިމާއީ މިންގަނޑުތަކާއި ހިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން މީސްމީޑިއާގައި ވީޑިއޯ ޝާއިއު ކުރަމުން ގެންދާ 39 އަހަރުގެ ޔާޔާ ނަބީލް ޑްރަގް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ދާދި ފަހުން ފުލުހުން ވަނީ އޭނާގެ ފޯނާއި ލެޕްޓޮޕްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އެކިފަހަރުމަތިން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް މީގެ ކުރިން ގެންގޮސްފަވެއެވެއެވެ.
މިފަހަރު ޔާޔާ ހައްޔަރު ކުރީ މަސްތުވާތަކެތި ގެންގުޅެ އޭގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށާއި، އެގޭ ދޮރުގައި ޓަކި ޖެހުމުން ނުހުޅުވުމުން ގަދަކަމުން ވަންއިރު،މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ގޭގެ ކޮޓަރިން ފެނިވާ ކަމަށެވެ.
މިގޮތުން ފުލުހުން ބެލި ބެލުމުން މީނާ ދިރިއުޅޭ ގޭގެ ސައިޑް ޓޭބަލް މަތިން ފިލްމް ހުސްކުރި ދަޅެއްގަ 20.7422 ގްރާމް ކެނެބިސް ހުރި ކަމަށާއި، މި ތަކެތި ތަހުލީލު ރިޕޯޓުން މަސްތުވާތަކެތި ކަމަށް ދައްކާ ކަމަށެވެ. އަދި ޑްރެސިން ޓޭބަލްގެ ދަމާވަތްގަނޑު ތެރެއިން އެތަކެތި ކިރާ ވިއްކުމަށް ބޭނުން ކުރާ ދެ ކައްޓާ ފެނިފައިވާ ކަމަށެވެ.
މި މައްސަލައިގަ ޔާޔާގެ އިތުރުން އިތުރު މީހަކުވެސް ވަނީ ހައްޔަރު ކޮށްފައެވެ. އެއީ އާދަމް މުހައްމަދު ނަމަކަށް ކިޔާ މީހަކެވެ. އޭނާ އަށް ވެސް ވަނީ ދައުވާ ކޮށްފައެވެ.
ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެފައިވާތީ އެ ދެ މީހުން 25 އަހަރަށް ޖަލަށް ލާން ވަނީ ނިންމާފައެވެ. އަދި ކޮންމެ މީހަކު 100،000ރ. އިން ޖޫރިމަނާކޮށް އެ ފައިސާ ޖުލައި 6 ވަނަ ދުވަހުން ފެށިގެން އެއް އަހަރު ތެރޭ މީރާ އަށް ދައްކަން ވަނީ ހުކުމްކޮށްފަ އެވެ.
ޚިޔާލުތައް