A wide advertisement which will be shown on all devices. (700 x 100)

ޖޫން މަހު މާލެއިން ފުލުހުން ހޯދި ވަގަށް ނަގާފައިވާ ސައިކަލުތަކުގެ އަގު 3.3 މިލިއަނަށް އަރާ: ފުލުހުން

ފުލުހުންނަށް ހުށަހެޅި ސައިކަލު ވަގަށް ނެގުމުގެ މައްސަލަތަކުގެ ތެރެއިން ޖޫން މަހު ތެރޭގައި މާލެ ފްރަންޓްލައިން ފުލުހުން ހޯދި 69 ސައިކަލުގެ އަގު 3.3 މިލިއަން ރުފިޔާއަށް އަރާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.

މާލެ ސިޓީ ޕޮލިހުގައި ހިމެނޭ މާލެ ފްރަންޓްލައިން ޕޮލިސިންގް ޑިޕާޓްމަންޓްގެ ތަފާސް ހިސާބުން ދައްކާގޮތުން ވަގަށް ގެންދިޔަ ތަކެތީގެ ތެރެއިން މިދިޔަ މަސް ތެރޭގައި 206 އެއްޗެއް އަނބުރާ ވަނީ ހޯދައިފައެވެ. މިތަކެތީގެ ޖުމްލަ އަގު 4.7 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރައެވެ.

ފުލުހުން ހޯދި ތަކެތީގެ ތެރޭގައި:

  • 29 މޯބައިލް ފޯން (202،375 ރުފިޔާ)
  • 69 މޮޓޯ ސައިކަލް (3،303،429 ރުފިޔާ)
  • 8 އިލެކްޓްރޯނިކް ސާމާނު (80،400 ރުފިޔާ)
  • ނަގުދު ފައިސާގެ 29 މައްސަލަ (406،098 ރުފިޔާ)
  • 61 އެހެނިހެން ތަކެތި (110،263 ރުފިޔާ)

މީގެ އިތުރުން ބިދޭސީންނާ ގުޅުންހުރި މަސައްކަތުގައި 13 ބިދޭސީއަކު ވަނީ އިމިގްރޭޝަނާއި ހަވާލުކޮށްފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !