މާޅޮހު ގެއެއްގައި ނިދާފައި އޮއްވާ މަރާލާފައި ވަނީ އެރަށު އޯކިޑް މާގެ އަބްދުއް ރަހުމާން 65އ. އެވެ.
ފުލުހުން މީޢިއާ ތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެރަށު ގެއެއްގައި ނިދާފައި އޮތް މީހަކަށް ބޮޑެތި ޒަހަމްތަކެެއް ދިނުމުގެ ސަބަބުން ރޭ ދަންވަރު 1:50 ހާއިރު ފުލުހުން އެ ސަރަހައްދަށް އެޓެންވެ އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އެމިހާ ނިޔާވީ ފަތިހުގެ ވަގުތެއްގައި ކަމަށާއި ނިޔާވި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.
މި މައްސަަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. މިހާރު މާލެ އިން ތަހުގީގު ޓީމެއް އެރަށަށް ވަނީ ގޮސްފައެވެ. އަދި އެރަށަށް އަރާ ފައިބާ މީހުން މޮނީޓާރ ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
+1
+1
ޚިޔާލުތައް