A wide advertisement which will be shown on all devices. (700 x 100)

ޒަކަރިއްޔާގެ ހަށިގަނޑު ގަމުގެ ދެކުނު ފަރާތު އަތިރިމަތީގައި އޮއްވާ ފެނިއްޖެ

ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ފަޅު ރަށެއް ކަމަށްވާ ގަމަށް ދަތުރުކަނިކޮށް ގެއްލުނު ޒަކަރިއްޔާ މުހައްމަދުގެ ހަށިގަނޑު ގދ. ގަމުގެ ދެކުނު ފަރާތު އަތިމަތީގައި އޮއްވާ ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ ޒަކަރިއްޔާ ފެނިފައިވަނީ މިއަދު 43: 11 އެހާކަށް ހާއިރު ކަމަށެވެ. ޒަކަރިއްޔާ ގެއްލުނީ މި މަހުގެ 10 އެއްވީ ބުރާސްފަތި ދުވަހު ހެނދުނު 10:30 ގައި ގަމުން ޑިންއެއްގައި ގައްދޫ އަށް އައުމަށް ފުރިފަހުން ވީގޮތެއް ނޭގިގެން ކަމަށް ގައްދޫ ކައުންސިލުން އޭރުވަނީ ބުނެފައެވެ. ޒަކަރިއްރިއްޔާ ހަށިގަނޑު ފެނިފައިވަނީ ގެއްލުނުތާ 3 ދުވަސް ފަހުންނެވެ.

ޒަކަރިއްޔާ ދަތުރުކުރި ޑިންގީ ފެނުނީ އިއްޔެގެ ވަގުތެއްގައެވެ. އެމްއެންޑީއެފުން ބުނީ ކުޑަ  ޑިންގީއެއްގައި އެކަނި ދަތުރު ކުރަނިކޮށް ގެއްލުނު ޒަކަރިއްޔާ 79، ހޯދުމުގެ އޮޕަރޭޝަންގައި އިއްޔެ ހެނދުނު ކުރި ދެވަނަ ޑައިވްގައި ގައްދޫ އާއި ގަމާ ދެމެދުގައި އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިން އެ ޑިންގީ ފެނިފައިވާ ކަމަށެވެ.

އެ ޑައިވްއަކީ ސިފައިންނާއި ފުލުހުން ގުޅިގެން ކުރި ޑައިވެއް ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި ކަނޑުމަގުން 2307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެމަގުން 3039.68 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް އެމްއެންޑީއެފް ކޯސްޓްގާޑުން ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ކުރިން ވިދާޅުވެފައެވެ.

ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި، ކަނޑުމަގުންނާއި ވައިގެމަގުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށާއި އެ އޮޕަރޭޝަންގައި ގދ. ގައްދޫ ޕޮލިސް ސްޓޭޝަނާއި، ގައްދޫ މަސްވެރިންނާއި، އެ ރަށުގެ ރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ވެސް އެމްއެންޑީއެފް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް އެމްއެންޑީއެފްއިން ވަނީ ވިދާޅުވެފައިވެއެވެ.

ޒަކަރިއްޔާ އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ނޫ ކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެކެވެ. އޭނާ ދަތުރުކުރި ޑިންގީއަކީ ނޫކުލައިގެ ބާރިފަށެއް ދަމާފައިވާ ހުދުކުލައިގެ ޑިންގީއެކެވެ. ގައްދޫން ގަމަށް ދާން އޭނާ ފުރީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 9:30 ހާއިރެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !