A wide advertisement which will be shown on all devices. (700 x 100)

މާލޭގައި ރޭ ހިނގި ބޮޑު އެކްސިޑެންޓުގައި ނިޔާވި އަލްސަންގެ އާއިލާއަށް ރައީސް ތައުޒިޔާ ފޮނުއްވައިފި

މާލޭގައި ރޭ ހިނގި ބޮޑު އެކްސިޑެންޓުގައި ނިޔާވި ޔޫސުފް އަލްސަން މުހައްމަދުގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

މި މި އެކްސިޑެންޓްގައި ނިޔާވި އަލްސަންއަކީ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އަދި މަރިޔަމް އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅެވެ.

ބޮޑުތަކުރުފާނު މަގު، މާފަންނު ބަސް ޓާމިނަލް ކުރިމަތީގައި އެކްސިޑެންޓު ހިނގަން މެދުވެރިވީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވި ގޮސް ކަފިހިހުރަސް މަތިން ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ.

މި އެކްސިޑެންޓް ހިނގިއިރު، ސައިކަލު ދުއްވަން އިނީ އަލްސަން 17އ. އެވެ. އޭނާގެ ފަހަތުގައި 16 އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ.

އަލްސަންގެ މަރާއި ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވި ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.

‏”މަރްޙޫމް ޔޫސުފް އަލްސަން މުހައްމަދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުއާކުރަން. އެ މަރުހޫމުގެ އާއިލާއަށް ތައުޒިޔާ ދަންނަވަން،”. ރައީސްގެ ޕޯސްޓްގައި ވެއެވެ.

‏އަދި، މި އެކްސިޑެންޓުގައި އަނިޔާވެ ފަރުވާ ހޯދަމުންދާ ދެ ފަރާތަށްވެސް އަވަސް ޝިފާއަށް އެދި ދުއާ ކުރާ ކަމަށްވެސް އެ ޕޯސްޓްގައި ވެއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، 40 އަހަރުގެ މީހާއަށް ހޮސްޕިޓަލުގެ އައިސީޔޫގަައި ފަރުވާދެމުންދާއިރު، 16 އަހަރުގެ ކުއްޖާއަށް ފަރުވާދެމުން ދަނީ ވޯޑުގައި ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީސް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި މަގުމަތީގައި ގިނަ އަދަދެއްގެ ލޭ ފެންނަން ހުއްޓެވެ.

 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !