މާލޭގެ މައްޗަންގޯޅި ގެއެއްގައި ނުރުހުމުގައި މީހަކު ބަންދުކޮށްގެން ގެންގުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މާލެއަށް ނިސްބަތްވާ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނި ގެވެށި އަނިޔާ ދިނުމާއި ބްލެކް މެއިލް ކުރި ކަމުގެ ތުހުމަތެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމާއި ގުޅިގެން ޖުލައި 11 ވަނަ ދުވަހު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އޭނާގެ ބަންދަށް މުއްދަތު ޖެހުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ހަތް ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާއަކީ އެކި މައްސަލަތަކުގައި ހައްޔަރުގެ ރެކޯޑް އޮންނަ މީހެކެވެ. އޭނާ ބަންދު ކޮށްގެން ގެންގުޅުނު މީހާއަށް އަނިޔާކޮށްފައިވާ ކަމަށް ވެއެވެ.
ޚިޔާލުތައް