A wide advertisement which will be shown on all devices. (700 x 100)

މަސްތުވާތަކެއްޗާއެކު ދުވާފަރުން 38 އަހަރުގެ ދިވެއްސަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ދުވާފަރުން މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ކަރުދާސްކޮޅާއެކު ދުވާފަރުން ހައްޔަރުކުރީ، ފިނިފަޒާ، ރ. ދުވާފަރު، އުމުރުން 38 އަހަރުގެ އިބްރާހީމް ޢަބްދުލްރައްޒާޤު ކަމަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ރ.ދުވާފަރުން އޭނާ ހައްޔަރުކޮށްފައިވަނީ ދުވާފަރުގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ދުވާފަރު ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ. އަދި މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ދުވާފަރު މަގުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ކަރުދާސްކޮޅު ފެނުމާ ގުޅިގެން ކަމަށެވެ.
މިމައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 20 ދުވަހު ބަންދުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ދުވާފަރު ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !