މާވަށުގައި މަރާލި މީހާ އިތުރު ތަހްގީގަށް މާލެ ގެނެސްފިއެވެ.
ލ. މާވަށުގައި ޒުވާނަކު މަރާލި މައްސަލައިގައި މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު، އަސްރާރީ މަންޒިލް، މުހައްމަދު އިބްރާހިމް (29އ) އެވެ.
ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ މާވަށު، ނަލަހިޔާ، މޫސާ އިބްރާހިމް (29އ) އެވެ. ދެމީހުންގެ ދެމެދުގައި ހިނގި މާރާމާރީގައި އޭނާގެ ކަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު، ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް އޮތީ މަރުވެފައިކަމަށް، މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ރޭ މީޑިއާ ތަކަށް ފޮނުވި މެސެޖްގައި ބުނީ މާވަށުގައި ހިގި މާރާމާރީގައި ނިޔާވި މޫސާ އިބްރާހީމްގެ ހަށިގަނޑު ތަހްގީގަށް ބޭނުންވާ އިތުރު މައުލޫމާތު ހެނދުމަށް 2025 ޖުލައި 28 ވަނަ ދުވަހު ރޭ ވަނީ މާލެ ގެނެސްފަ ކަމަށެވެ.
+1
+1
ޚިޔާލުތައް