ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާ ކަމަށްބުނެ ތިނަދޫ މޭޔަރު ސައުދުއްﷲ އަލީ ގެ މައްސަލަ ބަލަން މަޖިލިހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު ސައުދުﷲ ހިލްމީ ޕޮލިހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މެމްބަރު ސައުދުﷲ ހިލްމީ ވަނީ ތިނަދޫ މޭޔަރުގެ މައްސަލަ އާއި ގުޅޭ ގޮތުން ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީނަށް ސިޓީއެއް ވެސް ހުށަހަޅާފައެވެ.
އެގޮތުން ވިދާޅުވީ މޭޔަރު ސައުދު އަލީ ދަނީ ހަގީގަތާއި ޙިލާފް ވާހަކަތައް ފަތުރަމުން ކަމަށާއި، ރައްޔިތުންގެ ކުރިމަތީގައި އިތުބާރާއި ޔަގީންކަން އޮންނަން ޖެހޭ މުއައްސަސާއަކާއި ގުޅޭ ގޮތުން ކޮންމެ ކޮންމެ ވާހަކައެއް ނުދެއްކޭނެ ކަމަށެވެ.
ސައުދުއްﷲ ގެ ސިޓީގައި ފާހަގަކޮށްފައިވަނީ އޭނާގެ ކުންފުންޏެއް ކަމަށްވާ ސްވިފްޓް އާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުންދާ ކަމަށާއި، އަދި އެކުންފުންޏާއި ގުޅޭ ގޮތުން ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމުގެ މަސައްކަތާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ނުބަލާ ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތެއްނޫން ކަމަށެވެ.
މި މައްސަލައަކީ ވަރަށްވެސް ބޮޑަށް ސީރިއަސް މައްސަލައެއް ކަމަށާއި، މައްސަލަ ނުބާލާ ދޫކޮށްގެން ނުވާނެ ކަމަށްވެސް ސައިދުﷲ ސިޓީގައި ވަނީ ބުނެފައެވެ.
ޚިޔާލުތައް