A wide advertisement which will be shown on all devices. (700 x 100)

ސިވިލް ސަރވިސް މުވައްޒަފުންނާއި ސިޔާސީ މުވައްޒަފުން ވެސް މަސައްކަތްކުރަޢްވަނީ އެއް އަމާޒަކަށް: މުޙައްމަދު ނާސިހު

ސިވިލް ސަރވިސް މުވައްޒަފުންނާއި ސިޔާސީ މުވައްޒަފުން ވެސް މަސައްކަތްކުރަޢްވަނީ އެއް އަމާޒަކަށް ކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަލްފާޟިލް މުޙައްމަދު ނާސިހު ވިދާޅުވެއްޖެއެވެ. ނާސިހު މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން އިއްޔެ ބޭއްވި “އަހަރު މެދު މުރާޖާ 2025” ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެ ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަލްފާޟިލް މުޙައްމަދު ނާސިހު ދެއްކެވި ވާހަކަފުޅުގައި ކުރެވޭ މަސައްކަތްތައް މުރާޖާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ރާވާ ކަންކަން ޙާޞިލްނުކުރެވުނު ސަބަބުތައް ދެނެގަތުމަކީ އެހައިމެ ބޭނުންތެރި ކަމެއްކަމަށް ނާސިހު ވިދާޅުވިއެވެ. މީގެ އިތުރުން ސެކްޝަން ނުވަތަ ޑިޕާޓްމެންޓްތަކުގެ މަސައްކަތްތައް ވެސް ދޭތެރެދޭތެރެއިން ރިވިޔުކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

އަހަރު މެދު މުރާޖާ 2025 އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިހު ދެއްކެވި ވާހަކަފުޅުގައި ސިވިލްސަރވިސް މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ގެނެސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވައި މަސައްކަތްޕުޅު ފާހަގަކޮށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ޝުކުރުއަދާކުރެއްވިއެވެ.

“މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއަކީ މުޅިން އަލަށް އުފެއްދެވި މިނިސްޓްރީއަކަށް ވިޔަސް ވަރަށް އަވަސް މުއްދަތެއްދަތެއްގައި މި މިނިސްޓްރީ އަންނަނީ ކާމިޔާބުކަމާއެކީ ހިނގަމުން. ރަށްރަށުގެ ތަރައްގީއަށް ވަރަށް މުހިންމު މަސައްކަތްތަކެއް މި މިނިސްޓްރީން އަންނަނީ ކޮށްދެއްވަމުން” ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

އިއްޔެ ހެނދުނާއި، ހަވީރު ވެސް ކުރިއަށް ގެންދިޔަ އަހަރު މެދު މުރާޖާ 2025ގައި، މިނިސްޓްރީގެ ޑިޕާޓްމެންޓްތަކާއި، ޔުނިޓްތަކާއި، ސެކްޝަންތަކުގެ މަސައްކަތްތައް މި އަހަރުގެ ފުރަތަމަ 6 މަހު، ހިނގާ ދިޔަ ގޮތާއި، ޙާޞިލްކުރެވުނު ކަންތައްތަކާއި، ކުރިމަތިވި ގޮންޖެހުންތަކާއި އަދި ކުރިއަށް ރޭވިފައިވާ ކަންތައްތަ ހުށަހަޅައި މަޝްވަރާކުރެވިފައި ވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !