މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން، ހއ އަތޮޅުން ފެށިގެން ތ އަތޮޅާ ހަމައަށް ނެރުނު ވައިޓް އެލަރޓް ގެ ވަގުތު ދަންމާލައިފިއެވެ.
މިއަދު ހެނދުނު 11:30 އިން ފެށިގެން ހަވީރު 17:30 އަހށް ނެރެފައިވާ އެލަރޓު މިހާރުވަނީ މިރޭ 22:30 އާ ހަމައަށް ދަންމަލާފައެވެ. އެލަރޓު ގައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެގި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިއަދު 18:00 އާ ހަމައަށް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
އަދި މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށްވެސް މެޓުން ލަފާކޮށްފައިވެއެވެ.
މެޓުން ބުނީ ކަނޑުތައް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި 4-7 ފޫޓް ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.



ޚިޔާލުތައް