މަސްތަކެތީގެ ގާނުނަށް މަރުގެ އަދަބު ކަނޑައަޅަން ނިންމުމާގުޅިގެން ރައީސް އަކީ މަރާލަންޖެހޭ މީހެއް ކަމަށް ސޯޝަލްމީޑިއާގައި މީހަކު ބުނެ އިންޒާރުދީފިއެވެ.
ޗެނެލްނިއުސް މޯލްޑިވްސް (ސިއެންއެމް) އިން ގެނެސްދީފަވާ ޑްރަގް ވިޔަފާރި ކުރާ މީހުންނަށް މަރަގު އަދަބުދޭން މަޝްވަރާ ކުރަނީ، މި ސުރުހީ އިން ގެނެސްދިން ހަބަރު ވަނީ އޭނާގެ ފޭސްބުކު ޕޭޖްގައި ޝެއާރވެސް ކޮށްފައެވެ.
އެގޮތުން މަސީހް މުސާ ނަމަކަށް ކިޔާ މި މީހާގެ އެކަންޓުން ވަނީ އެންމެ ފުރަތަމަ މަރާލަންޖެހޭނީ ރައީސް މުއިއްޒުކަމަށް ބުނެ ޕޯސްޓް ކޮށްފައެވެ. އަދި އެޕޯސްޓާއި އެކު ވަޅިވެސް ފެންނަ ގޮތަށް އޭނާ ވަނީ ޕޯސްޓް ކޮށްފައެވެ.
މި ޕޯސްޓާއި ގުޅިގެން އަދި ފުލުހުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
މީގެ ކުރިން މިފަދަ މައްސަލަތައް ފުލުހުން ވަނީ ބަލާފައެވެ. އަދި ފިޔަވަޅުވެސް އަޅާފައެވެ.
+1
+1



ޚިޔާލުތައް