ލ. މާމެންދޫއަށް ދިޔަ ބޯޓަކުން 82 ގްރާމް މްސްތުވާތަކެތި އަތުލައިގެންފިއެވެ.
ފުލހުން ބުނީ ލ. މާމެންދޫއަށް ދަތުރުކުރަމުންދާ ބޯޓަކުން އެ ރަށަށް މަސްތުވާތަކެތި ގެންދާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާކަމަށެވެ.
ޖުލައި 31 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، މާމެންދޫއަށް އެ ބޯޓު ގާތްކުރުމުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 115 ސެލޯފިންކޮޅު ފެނިފައިވެއެވެ. އެ ބޯޓުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން ފެނުނު މި ތަކެތީގެ ވަގުތީ ބަރުދަނަކީ 82 ގުރާމެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މާމެންދޫ ފުލުހުން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އަދި މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންކަމާށް ފުލހުން ވަނީ މައުލޫމާތުދީފައެވެ.
ޚިޔާލުތައް