A wide advertisement which will be shown on all devices. (700 x 100)

އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު، ހަންގޭރީގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި

އެމްޑީޕީގެ ރައީސް އަދި އެމްޑީޕީގެ މިދިޔަ ވެރިކަމުގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، ހަންގޭރީގެ ހާރިޖީ ވަޒީރު، ޕީޓަ ސިހާޓޯ އާ ބައްދަލުކުރައްވައިފިއެވެ.

ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓްގައި އިއްޔެ އޮތް މި ބައްދަލުވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ބެހޭ ގޮތުންނާއި، ސުލްހައަށް ދުނިޔެ ބޭނުންވެފައިވާ މިންވަރާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިކަމަށެވެ. ޝާހިދުގެ ޚާރިޖީ ވަޒީރުކަމުގައި އެކި ފަހަރުމަތިން ހަންގޭރީގެ ޚާރިޖީ ވަޒީރާއި ބައްދަލުކުރެއްވިއެވެ. އަދި 2022 ވަނަ އަހަރު، ސިހާޓޯ ވަނީ ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއްވެސް ކުރައްވާފައެވެ.

ޝާހިދުގެ ޚާރިޖީ ވަޒީރުކަމުގައި ހަންގޭރީއާއެކު ކުރެވުނު މަޝްވަރާތަކުން ހަންގޭރީއިން ރާއްޖެއަށް ކޮންމެ އަހަރަކު 15 ސްކޮލަޝިޕް ދިނުމުގެ އެއްބަސްވުމެއްގައި 2021 ވަނަ އަހަރު އެމްޑީޕީ ސަރުކާރުގައި ސޮއެކުރެވުނެވެ. އަދި 2022 ވަނަ އަހަރު ޝާހިދުގެ ދައުވަތަކަށް ސިހާޓޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، މި އެއްބަސްވުން އާ ކުރެވި، ކޮންމެ އަހަރަކު ދޭ ސްކޮލަޝިޕްތަކުގެ އަދަދު 25 އަށް އިތުރުކުރެވުނެވެ. މި ސްކޮލަޝިޕް ސްކީމްގެ ދަށުން މިހާރުވެސް ހަންގޭރީއަށް ދަރިވަރުން ކިޔަވަންދެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !