A wide advertisement which will be shown on all devices. (700 x 100)

އާރްޓީއެލް ފެރީގެ ޚިދުމަތް އިތުރަށް ތަރައްޤީކުރަން އިންޑިއާއިން 100 މިލިޔަން ރުފިޔާގެ ހިލޭ އެހީ ދީފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ ޚިދުމަތަށް ފެރީ ބަނުމަށް އިންޑިއާއިން 100 މިލިޔަން ރުފިޔާގެ ހިލޭ އެހީއެއް ދީފައިވާކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. ސަރުކާރުން މިހާތަނަށް ވަނީ ރާއްޖޭގެ 11 އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފަށާފައެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި އާރްޓީއެލް ޚިދުމަތާ ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާޙިމް ޔާސިރް ވިދާޅުވީ، އިތުރު އަތޮޅުތަކަށް ޚިދުމަތް ފުޅާކުރުމަށް، ފެރީ ބަނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މިވަގުތުވެސް 4 ފެރީއެއް ބަނުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މި ފެރީތައް ބޭނުންކުރުމަށް ހަމަޖެހިފަވަނީ، ބެކަޕް ފެރީތަކެއްގެ ގޮތުގައެވެ.
12 ފެރީ ބަނުމުގެ މަސައްކަތާއި ޒޯން 2ގެ މައި ފެރީ ޓަރމިނަލް، އަދި އުނގޫފާރުގެ ފެރީ ހަބް އަޅާނީ އިންޑިއާއިން މި ދިން އެހީގައިކަމަށާއި އެ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެކަމަށް ޔާސިރް ވިދާޅުވިއެވެ.

ޔާސިރް ވިދާޅުވީ ޒޯން ފެރީ ޓަރމިނަލްތަކަކީ، އެ ޒޯނެއްގެ ހުރިހާ އަތޮޅުތަކާއި ރަށްތަކުގެ ޚިދުމަތް ބަލަހައްޓާ މައި ޓަރމިނަލް ހަބް ކަމަށެވެ. އިންޑިއާގެ ހިލޭ އެހީގައި އުނގޫފާރުގައި ތަރައްޤީކުރާ ފެރީ ޓަރމިނަލް މަސައްކަތަށް ބޭނުންވާ ސާމާނު އެރަށަށް ގެންދިއުމާ ގުޅޭ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ. ޓަރމިނަލްގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ޔާސިރް ވިދާޅުވިއެވެ.
މި ޓަރމިނަލްތަކުގައި މަޑުކޮށްލައިގެން ތިބޭ ސަރަޙައްދާއި، ފިހާރައަކާއި ފާޚަނަކުރުމުގެ އިންތިޒާމްތައްވެސް ހުންނާނެއެވެ. އަދި މިއީ ޖާގަ ތަނަވަސް ޓަރމިނަލްތަކެކެވެ.
އެންމެ ފަހުން އާރްޓީލްގެ ޚިދުމަތް ފެށީ، މިދިޔަ ޖުލައި މަގު ފަހު ހަފްތާގައި ބ.އަތޮޅުގައެވެ. މިހާރު ތައްޔާރުވަމުންދަނީ ޒޯން 4ގައި ހިމެނޭ މ، ފ، ދ، ތ އަދި ލ އަތޮޅުގައި ޚިދުމަތް ފެށުމަށެވެ.
ސަރުކާރުގެ ޢަމާޒަކީ އަހަރު ނިމޭއިރު، ރާއްޖޭގެ ހުރިހާ ޚިސާބެއްގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !