“ޓައިޑެކްސް” ނަމަކަށްކިޔާ ބަލްކް ކެރިއަރެއްގައި އޮތް ހާލުބޮޑު ބަލި މީހަކު، ޞިއްޙީ އަވަސް ފަރުވާއަށް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑުގެ އެހީތެރިކަމާ އެކު ނ.މަނަދޫއަށް ގެންގޮސްދީފިއެވެ.
ނ.އަތޮޅު ދިގުފަރު ކައިރިން ދަތުރުކުރަމުންދަނިކޮށް، ބަލްކް ކެރިއަރުގައި އޮތް މީހާގެ ޞިއްހީ ހާލަތު ގޯސްވިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑަށް ލިބިފައިވަނީ ރޭ ފަތިހު 04:45 ހާއިރުއެވެ. މިކަމުގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ވަނީ ބަލްކް ކެރިއަރ އޮތް ސަރަހައްދަށް ދަތުރުކޮށް، ބަލި މީހާ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސީ އެމްބިއުލާންސްއަށް ނަގާފައެވެ.
ދިވެހި ރައްޔިތެއް ކަމުގައިވާ އުމުރުން 49 އަހަރުގެ މި ފިރިހެން މީހާ ނ.މަނަދޫއަށް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމާ އެކު ގެންގޮސްދީފައި ވަނީ މިއަދު 09:00 ހާއިރުއެވެ.



ޚިޔާލުތައް