A wide advertisement which will be shown on all devices. (700 x 100)

ނޯތު ހާބަރުގައި، މަސްދޯނިފަހަރަށް ހާއްސަ ދެ ޒޯނެއް، ފީއެއް ނުނަގާނެ

މާލޭ ނޯތު ހާބަރުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިތުރުކުރި ބައިގައި، މަސްދޯނިފަހަރަށް ހާއްސަ ދެ ޒޯނެއް ކަނޑައަޅައި، އެ ސަރަހައްދުތަކުން އެއްވެސް ފީއެއް ނުނަގާ ގޮތަށް ހަމަޖައްސައިފިއެވެ.

އެމްޕީއެލްއިން ހާމަކުރެއްވި ގޮތުގައި، ނޯތު ހާބަރަށް އިތުރުކުރެވުނު ބައިގައި މަސްދޯނިފަހަރަށް ހާއްސަކޮށްފައި ވަނީ މިހާރު ވެސް މަސް ދޯނިފަހަރު ބޭނުންކުރާ ސަރަހައްދު ކަމުގައިވާ އީ (E) ޒޯން އަދި އެފް (F) ޒޯނެވެ. މި ސަރަހައްދުން މަސްވެރި އުޅަނދުތަކުން އެއްވެސް ފީއެއް ނަގާ ގޮތަށް ހަމަޖައްސާފައެއް ނުވެއެވެ.

ނަމަވެސް، މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުތަކުން މިހާރު ވެސް ނަގާ އުސޫލުން ފީ ނެގުން ކުރިއަށްދާނެ ކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ. އެގޮތުން، އޭ (A) ޒޯނުން އުޅަނދުގެ ފުޅާމިނުން ގަޑިއަކު މީޓަރަކަށް 50 ލާރި ނަގާނެއެވެ. އަދި ބީ (B) ޒޯން އަދި ސީ (C) ޒޯނުން އުޅަނދުގެ ފުޅާމިނުން ގަޑިއަކު މީޓަރަކަށް 1 ރުފިޔާ ނަގާނެއެވެ.

މަސް ދޯނިފަހަރަށް ހާއްސަކޮށްފައިވާ ސަރަހައްދު ތަރުތީބުކޮށް، އެ ސަރަހައްދުގެ ހިދުމަތް ކުރިއަށް އޮތް ތަނުގައި ދޭނީ ކިއު ތަރުތީބުން ކަމަށް އެމްޕީއެލްއިން މައުލޫމާތު ދެއެވެ. އެ ސަރަހައްދު ތަރުތީބުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްޕީއެލުން ވިދާޅުވިއެވެ.

މަސްވެރިކަން ކުރާ ސަރަހައްދުގައި މިހާރު ދާއިމީ ގޮތަކަށް ބިދޭސީން ދިރިއުޅުމަށް ގެދޮރުގެ ގޮތުގައި ބޭނުންކުރާ އަދި ވިޔަފާރިކުރަމުންދާ އުޅަނދުތައް އެތަނުން ނަގައި، މަސްވެރި އުޅަނދުތަކަށް އެކަނި އެ ސަރަހައްދު ބޭނުންކުރެވޭނެ ލުއިފަސޭހަ ގޮތަކަށް އެތަން ބަދަލުކުރެވޭނެ ކަމަށް އެމްޕީއެލްއިން ފާހަގަކުރެއެވެ. މި ބަދަލުތައް ގެނެވޭނީ މަސްވެރިންގެ ހިޔާލާއި މަޝްވަރާގެ މަތިން ކަމަށް ވެސް އެމްޕީއެލްއިން ބުނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !