A wide advertisement which will be shown on all devices. (700 x 100)

ވެލާނާ އެއާޕޯޓުގައި ކާރަކާއި ފޯކްލިފްޓެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ކާރަކާއި ފޯކްލިފްޓެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިއަދުހިނގައިފިއެވެ.

ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވަނީ މިއަދު ހެނދުނު ވީއައިއޭގެ ޓާމިނަލް އެކެއްގައި ޔޫޓާން ނަގާ ކޮޅުގައި ފޯކްލިފްޓަކާއި ކާރެއް ޖެހި އެކްސިޑެންޓުވި މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެކްސިޑެންޓް ވީ ސަރަޙައްދުން ނަގާފައިވާ ވީޑިއޯތަކުން ފެންނަނީ ރަތް ކުލައިގެ ކާރެއް ފޯކްލިފްޓެއްގައި ޖެހިފައި އޮންނަ ތަނެވެ. ދެ އުޅަނަދަށްވެސް ބޮޑެތި ގެއްލުންތައް ވެފައިވެއެވެ.

ވެލާނާ އެއާޕޯޓަކީ އާންމުކޮށް ޓްރެފިކް ވަރަށް ބާރު ބޮޑު ސަރަހައްދެކެވެ. ހާއްސަކޮށް މި ބަންދުގެ ތެރޭގައި ރާއްޖެއިން ބޭރަށް ފުރާ މީހުންނާއި ޗުއްޓީ ނިންމާފައި ރާއްޖެ އެނބުރި އަންނަ މީހުން ގިނަވުމުން ވަރަށް ބާރު ބޮޑެވެ. އެހެންކަމުން އެ ސަރަހައްދުގައި ދަތުރުކުރާއިރު އެމްއޭސީއެލުން އަދި ފުލުހުން ދެއްވާ އިރުޝާދުތަކާއި ގަވައިދުތަކަށް އަމަލުކުރުމަށް އެ ދެ ފަރާތުންވެސް އެދެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !