ދިވެހިރާއްޖެއަށް ކަޑައަޅުއްވާފައިވާ އދ. ގެ ރެސިޑެންޓް ކޯޑިނޭޓަރ މިސްޓަރ ހައޯ ޒަންގ، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްއާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ރާއްޖެއަށް ކަޑައަޅުއްވާފައިވާ އދ. ގެ ރެސިޑެންޓް ކޯޑިނޭޓަރ މިސްޓަރ ހައޯ ޒަންގ ވަނީ އދ. ގެ މައިގަނޑު އަސާސްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި އިޖްތިމާޢީ ރައްކާތެރިކަމުގެ ދާއިރާގައި ޤައުމީ ތަރައްޤީއަށް އިސްކަންދޭ ކަންތައްތަކަށް އެހީތެރިވުމަށް އިތުރަށް އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން، އަންހެނުންގެ ޙައްޤުތަކާއި އިންސާނީ ޙައްޤުތަކާ ގުޅޭ އެކި މައްސަލަތަކާއި، ދައުލަތުގެ ޒިންމާތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
ހަމައެހެންމެ، މީގެ ތެރޭގައި އާބާދީއަށް އަންނަމުންދާ ބަދަލުތަކުގެ ތެރެއިން އަލަށް އުފަންވާ ކުދިންގެ ނިސްބަތް ދަށަށްދާ މިންވަރާއި، އުމުރުން ދުވަސްވާ މީހުންގެ އާބާދީ އިތުރުވަމުންދާ މައްސަލަ، އަދި ލީޑަރޝިޕް ދާއިރާތަކުގައި މިންތީގެ ހަމަހަމަކަން ނެތުމާއި، އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާތަކުގެ ދަށުން ހުށަހަޅަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
ޚިޔާލުތައް