A wide advertisement which will be shown on all devices. (700 x 100)

ރެސްކިއު ޑައިވް ޕްރޮގްރާމްގަ 7 ރަށަކުން 56 ޑައިވަރުން ތަމްރީން ކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުތެރޭގައި ހިމެނޭ މަސްދޯނިތަކުން އެންދެމުމަށް ޑައިވްކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކޮންމެ ދޯންޏަކަށް ރެސްކިއު ޑައިވަރެއް ތަމްރީނުކުރުމުގެ ޚާއްޞަ ޕްރޮގްރާމްގެ ފުރަތަމަ ބެޗްގައި 56 ޑައިވަރުން ތަމްރީނު ކޮށްފިއެވެ.

މިގޮތުން ތަމްރީން ކޮށްފައިވާ ރައްޔަތަކަކީ ގއ.ކޮލަމާފުށި، ގއ.ވިލިނގިލި، ގއ.ނިލަންދޫ، ގއ.ދާންދޫ، ގއ.ދެއްވަދޫ، ގދ.މަޑަވެލި އަދި ސ.މަރަދޫ އެވެ.

މި ޕްރޮގްރާމަކީ ސަރުކާރުގެ ހަފްތާ ސާދައިގެ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ޙަރަކާތެވެ.

އަދި މި އަހަރު އިތުރު ޑައިވަރުން ތަމްރީންކުރުމަށް ވަނީ ރޭވިފައެވެ.

މަސްވެރިކަމުގައި އެންދެމުމަށް ޑައިވްކުރާއިރު ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ މަސްވެރިންގެ ފުރާނައާއި ރައްކާތެރިކަމަށް އިތުރު ކަށަވަރުކަމެއް ގެނެސްދޭނެ ޕްރޮގްރާމެއް ކަމުގައި ބެލެވެއެވެ.

މަސްވެރިކަމުގައި ޑައިވްކުރުމަކީ ނުރައްކާތެރި މަސައްކަތެއް ކަމަށްވެފައި، ކޮންމެ ދޯންޏެއްގައި ރެސްކިއު ޑައިވަރެއް ހުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަން ފާހަގަކުރެވެއެވެ. މި ޕްރޮގްރާމްގެ ސަބަބުން މަސްވެރިކަމުގެ ދާއިރާގައި ރައްކާތެރިކަމުގެ މިންގަނޑުތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !