A wide advertisement which will be shown on all devices. (700 x 100)

ބްރޯންޒް މެޑަލް ހޯދި ގައުމީ އަންހެން އަދި ފިރިހެން ޓޭބަލް ޓެނިސް ޓީމަށް މަރުހަބާ ދަންނަވައިފި

ނޭޕާލުގައި ކުރިއަށްދިޔަ ޓޭބަލް ޓެނިސް ވޯލްޑް ޗެމްޕިއަންޝިޕް 2026 ގެ ސައުތު އޭޝިއަން ކޮލިފިކޭޝަން މުބާރާތުގައި ވާދަކުރި ރާއްޖޭގެ ގައުމީ އަންހެން އަދި ފިރިހެން ޓޭބަލް ޓެނިސް ޓީމަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓީމަށް މަރުޙަބާ ދެންނެވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް އާއި ސްޓޭޓް މިނިސްޓަރ އިބްރާހިމް އާމިރުގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިސްވެރިންނާއި ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ އިސްވެރިންނެވެ.

ޓޭބަލް ޓެނިސް ވޯލްޑް ޗެމްޕިއަންޝިޕް 2026 ގެ ސައުތު އޭޝިއަން ކޮލިފިކޭޝަން މުބާރާތުން ދިވެހިރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމްވެސް ވަނީ ބްރޯންޒް މެޑަލް ހޯދާފައެވެ. އަންހެން ޓީމުން ސަރަހައްދީ ލެވެލްގައި މީގެ ކުރިން ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާއިރު، މި މުބާރާތަކީ ފިރިހެން ޓީމުން ސައުތު އޭޝިއާ ރީޖަންގައި ހޯދި އެންމެ ބޮޑު އެއް ކާމިޔާބީއެވެ.

މި ފަހަރުގެ ކޮލިފިކޭޝަނުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރީ، އިންޑިއާ، ބަންގްލަަދޭޝް، ސްރީ ލަންކާ އަދި މުބާރާތް ބޭއްވި ގައުމު ނޭޕާލް އެވެ.

މި މުބާރާތުގައި ވާދަކުރި ގައުމީ ޓީޓީ ފިރިހެން ޓީމުގައި މުންސިފްގެ އިތުރުން ދެން ހިމެނެނީ، އަހްޔާރް އަހުމަދު ހާލިދު، މުހައްމަދު ޝައްފާން އިސްމާއިލް އަދި ޒީސްތު ނަސީމް އެވެ. އަންހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް، މިޝްކާ މުހައްމަދު އިބްރާހީމް އަދި އަލްސާ ނާފިޒެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !