A wide advertisement which will be shown on all devices. (700 x 100)

ފަރަށްއެރި ”އަލްމަޖްރާ” ދޯނީގައި ތިބި މީހުން ސަލާމަތްކޮށްފި

”އަލްމަޖްރާ” ދޯނި އޮޔާދަނިކޮށް ފަރުމަތީގައި ތިއްބައި ސަލާމްތަ ކޮށްފިއެވެ.

ފުލުހުން ބުނީ މާލެއިން ފުރައިގެން ތ. ވޭމަންޑޫއަށް ދަތުރުކުރަމުންދިޔަ ”އަލްމަޖްރާ” ދޯނި ދިއްގިރި ކައިރިން ފަރަށް އަރައި ދިޔަވެ،އަޑިއަށްދާކަމުގެ މައުލޫމާތު މިއަދު ފަތިހު 5:34 އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި ރިޕޯޓާ ގުޅިގެން ވ. އަތޮޅު ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އެ ދޯނިން ދަތުރުކުރި 3 މީހުން ހާލުގައި ޖެހިފައި ފަރުމަތީގައި ތިއްބައި ވަނީ ފެނިފަވާ ކަމަށެވެ.

އަދި މިހާރު އެ މީހުން ފުލުހުންގެ ލޯންޗަށް ނަގައި މިހާރުވަނީ ފެލިދޫއަށް ގެންގޮސްފައި ކަމަށާއި، 3 މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ، އެ ދޯނީގައި ތިބީ ދިވެއްސަކާއި ބަންގްލަދޭޝް ދެ މީހުން. ކަމަށެވެ.  ދޯނި އަޑިއަށް ދިޔައިރު، އެ ދޯނީގައި ގިނަ އަދަދެއްގެ ޕީވީސީ ފިލާ އަދި އެބާވަތުގެ ގިނަ ސާމާނު ހުންނާނެ ކަމަށް އެ މީހުން މައުލޫމާތު ދީފައިވާ ކަމަށާއި، ދޯނީގައި ހުރި ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !