A wide advertisement which will be shown on all devices. (700 x 100)

އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިއަކަށް އިސްމާއިލް ސާޖިދު އައްޔަނުކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ ވެރިއަކަށް އިސްމާއިލް ސާޖިދު އައްޔަނުކޮށްފިއެވެ.

މި ބަދަލު ގެންނާނީ އެމްއެމްއޭ އިން ވިދާޅުވި ގޮތުގައި މާދަމާ އިން ފެށިގެންނެވެ.

އެފްއައިޔޫގެ ވެރިއަކަށް މިހާތަނަށް ހުންނެވީ އަބްދުﷲ އަޝްރަފެވެ. އެކަމަކު، އޭނާ ވަނީ ހެޑް އޮފް ރިސްކް އެންޑް ކޮމްޕަޔަލަންސް ޑިޕާޓްމަންޓަށް ބަދަލުކޮށްފައެވެ. އެމްއެމްއޭ އިން ވިދާޅުވި ގޮތުގައި މި ބަދަލު ގެނައީ އެމްއެމްއޭގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ގެންނަމުންދާ ސްޓްރަކްޗަރަލް ބަދަލުތަކުގެ ތެރެއިންނެވެ.

ދައުލަތުގެ ހަރަދު ކުޑަކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތްތަކަށް އެމްއެމްއޭއިން ވެސް ވަނީ މަރުހަބާ ކިޔައިފައެވެ. އަދި އެ އޮތޯރިޓީގެ ހިންގުން ހަރުދަނާކޮށް އެތެރޭގެ އޮނިގަނޑަށްވެސް އަންނަނީ ބަދަލުތައް ގެންނަމުންނެވެ.

މި ބަދަލުތަކާއެކު، އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، މާލީ ކުށްތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.

އެފްއައިޔޫއަކީ މަނީ ލޯންޑްރިން އަދި ނިރުބަވެރިކަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މާލީ މުއާމަލާތްތަކަށް ފާރަވެރިވުމަށް އެމްއެމްއޭގައި އޮންނަ ޔުނިޓެކެވެ. އެތަނުގެ އިސްވެރިއަކަށް ބޭފުޅުން އައްޔަންކޮށް، ވަކިކުރުމުގެ ބާރު އޮންނަނީ އެމްއެމްއޭގެ ގަވަނަރުނަރަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !