ހައުސިން ޑިވެލޮޕްމެންޓް ކޯޕޮރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރަކަށް މުހައްމަދު އަސްބާހު އަލީ ނަސީރު އައްޔަންކޮށްފިއެވެ.
އަސްބާހު މީގެކުރިން ހުންނެވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. އެޗްޑީސީގެ ޑީއެމްޑީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަޔާޒް މަންސޫރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެޗްޑީސީން “އެކްސް” ގައި ކުރި ޕޯސްޓެއްގައި ވަނީ އަސްބާހު އަށް މަރުހަބާ ކިޔައިފައެވެ.
އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މައުރޫފް ޖަލީލު ވެސް މި ފަހުން ވަނީ އިސްތިއުފާ ދެއްވައިފައެވެ.
އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރަކީ އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ކުރިން އަދާކުރެއްވި އަލީ ޒުހައިރެވެ.
+1
+1
ޚިޔާލުތައް