A wide advertisement which will be shown on all devices. (700 x 100)

މ.ދިއްތުނޑި ބޭރުގައި ވަދު ކަނދުފައްޗެއް ޤާއިމްކޮށްފި

މ.ކޮޅުފުށީ ވަދު ކަނދުފަތި، މ.ދިއްތުނޑީގެ އިރު ދެކުނުން 7 މޭލު ބޭރުގައި ޤާއިމްކޮށްފިއެވެ.

މި ވަދު ކަނދުފަތީގެ ނަންބަރަކީ K09V03 އެވެ. މި ވަދު ކަނދުފަތި ޤާއިމްކޮށްފައިވާ ލޮކޭޝަނަކީ:

02° 40.600′ N

73° 28.900′ E

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނީ މި ވަދު ކަނދުފަތި ޤާއިމްކުރުމުގެ މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުމެެއް ލިބޭނެ ކަމެއް ކަމަށެވެ. އަދި މި ވަދު ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ލިބުނު އުފަލެއް ކަމަށެވެ.

ވަދު ކަނދުފަތި ޤާއިމްކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރެވެމުން ގެންދާ މުހިންމު މަސައްކަތެއް ކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައި އިތުރު ވަދު ކަނދުފަތިތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރުމަށް މަސައްކަތް ކުރެވެމުންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !