A wide advertisement which will be shown on all devices. (700 x 100)

މިދިޔަ މަހު އެންމެ ގިނައިން ހުށަހެޅީ ވައްކަމުގެ މައްސަލަތައް: ފުލުހުން

މިދިޔަ މަހު ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތައްކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ.

ފުލހުންގެ އިދާރާއިން ހާމަކުރި ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި މަހު ފުލުހުންނަށް ޖުމްލަ 849 މައްސަލަ ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 277 މައްސަލައަކީ ވައްކަމުގެ މައްސަލަތަކެވެ.

ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު ހުށަހެޅުނު މައްސަލަތަކުގެ ޖުމްލަ އަދަދު ވަނީ ދަށްވެފައެވެ. ޖޫން މަހު ފުލުހުންނަށް 961 މައްސަލަ ހުށަހަޅާފައިވާއިރު، ޖުލައި މަހު ހުށަހެޅި މައްސަލަތަކުގެ ޖުމްލަ އަދަދަކީ 849 އެވެ.

ޖުލައި މަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނައީ އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. މަގުމަތީ އެކްސިޑެންޓުގެ 178 މައްސަލަ ޖުލައި މަހު ފުލުހުންނަށް ހުށަހަޅާފައިވެއެވެ. ތިންވަނައަށް އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ. މިފަދަ 163 މައްސަލަ ވަނީ ހުށަހަޅައިފައެވެ.

ޖުލައި މަހު ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ ތަފްސީލު:

  • ވައްކަމުގެ: 277 މައްސަލަ
  • ޓްރެފިކް އެކްސިޑެންޓްގެ: 178 މައްސަލަ
  • މަސްތުވާތަކެއްޗާ ގުޅޭ: 163 މައްސަލަ
  • އެއްޗެހި ގެއްލިގެން: 69 މައްސަލަ
  • އަނިޔާގެ: 42 މައްސަލަ
  • މުދަލަށް ގެއްލުން ދިނުމުގެ: 37 މައްސަލަ
  • ގެވެށި އަނިޔާގެ: 28 މައްސަލަ
  • ޚިޔާނަތުގެ: 21 މައްސަލަ
  • ޖިންސީ ގޯނާ ކުރުމުގެ: 14 މައްސަލަ
  • ފޭރުމުގެ: 9 މައްސަލަ
  • ފޯޖް ކުރުމުގެ: 9 މައްސަލަ
  • ޗެކް ބައުންސްގެ: 2 މައްސަލަ ވަނީ ހުށަހަޅާފައެވެ.
+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !