ހދ. ކުޅުއްދުފުށިން އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަމުންދަނިކޮށް ފާހަނައެއްގެ ތެރޭ ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ ކުޅުދުއްފުށި ޖުފުޑި ހަސަން މޫސާ 67 ފަތިހު 5:00 އެހާކަށްހާއިރު ގެއިން ނުކުމެގެން ދުވަން ދިޔަ ގޮތަށް ހަބަރެއްނުވެގެން މިއަދު 10:00 ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ފުލުހުން ހަސަން މޫސާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ކުޅުދުއްފުށު ޒޯން ސްޓޭޑިއަމްގެ ފާހަނަ ތެރޭގައި ވެއްޓިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ވަނީ ގެންގޮސްފައި ކަމަށެވެ.
ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާ އޮތީ ނިޔާވެފައި ކަމަށާއި، ނަމަވެސް އެމީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ނަމަވެސް މި މައްސަލަ ފުލުހުންނަށް ހުށަހެޅުމުން މިހާރު ދަނީ އިތުރަށް ތަހްގީގް ކުރަންޖެހޭ ކަމެއްހުރިތޯ ބަލާ ތަހްގީގްތައް ކުރިއަށް ކަމަށްވެސް ބުނެފައި ވެއެވެ.
ޚިޔާލުތައް