ކ. ހުރާގައި ހުރި ހުރާ މޮނިއުމެންޓަށް ބަޔަކު ގެއްލުންދީފިއެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
ނަމަވެސް މި މައްސަލަ ފުލުހުން ގެންދަނީ ބަލަމުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މޮނިއުމެންޓަށް ބަޔަކު ގެއްލުން ދީފައިވަނީ ރޭގެ ވަގުތެއްގައެވެ. މިއީ ފައިބަރުން ވަރަށް ވަރުގަދައަށް ހަދާފައިވާ މޮނިއުމެންޓެކެވެ. މިކަމާ ގުޅިގެން ހުރާ ކައުންސިލުން ވަނީ ނޫސް ބަޔާނެއްވެސް ނެރެފައެވެ. އެގޮތުން އެ ނޫސްބަޔާނުގައި ބުނެފައިވަނީ މޮނިއުމަންޓަށް ގެއްލުން ދިން މީހުން ހޯދުމަށް މިހާރު ފުލުހުންނަށް ހުށަހަޅާފަ ކަމަށެވެ.
އަދި މިއީ ރައްޔިތުން ވަރަށް ބޮޑު ހޭދައެއްކޮށްގެން ތައްޔާރުކޮށްފައިވާ މޮނިއުމެންޓެއް ކަމަށާއި، ރައްޔިތުން ހަދާފައިވާ މިފަދަ ބުރާ މަސައްކަތަށް ގެއްލުންދޭ ފަރާތްތައް ހޯދާ އެފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. އަދި މިފަދަ އަމަލުތަކަށް ފިޔަވަޅު ނޭޅިއްޖެ ނަމަ ތަރައްގީއަށް ކުރެވޭ މަސައްކަތަށް ވަރަށް ބޮޑު ހުރަސްތަކާ ކުރިމަތިވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ހުރާގައި މޮނިއުމެންޓް ހުޅުވިތާ އަދި ހަފްތާއެއްވެސް ނުވެއެވެ.
ޚިޔާލުތައް