ކިންގް ސަލްމާނު މިސްކިތުގައި ގާއިމުކޮށްފައިވާ އިސްލާމީ ކުތުބުޚާނާއަށް ބޭނުންވާ އިސްލާމިކް ފައިނޭންސްގެ އިތުރުން ކުޑަކުދިންނަށް ޚާއްޞަ ފޮތްތައް ހަދިޔާކުރާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވައިލައިފިއެވެ.
ފޮތް ހަދިޔާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ހަދިޔާކުރައްވާން ބޭނުންފުޅުވާ ފޮތްތަކާ ބެހޭ މަޢުލޫމާތު library@islamicaffairs.gov.mv އަށް މެއިލްކުރެއްވުމަށް ވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ.
ފޮތް ހަދިޔާކުރައްވާން ބޭނުންފުޅުވާ ފަރާތްތަކަށް ފޮތް ހަދިޔާކުރެއްވޭނެ އިންތިޒާމު މި ވުޒާރާގެ ފަރާތުން ހަމަޖައްސައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 3020263 ނުވަތަ 3020262 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވޭނެއެވެ.
+1
+1
ޚިޔާލުތައް