ޓެކްނިކަލް މައްސަލައެއް ދިމާވެ މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުނުތާ ދެގަޑިއެއްހާއިރު ފަހުން ކަރަންޓުގެ ހިދުމަތް އަލުން ދީފިއެވެ.
މާލެ އާއި ހުޅުމާލޭން ކަރަންޓް ކެނޑިފައިވަނީ މީގެ ދެ ގަޑިއެއްހާ އިރު ކުރިންނެވެ. އޭގެ ފަހުން ގަޑިއިރެއް ނުވަނީސް ސްޓެލްކޯއިން ވަނީ މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓް ދީފައެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސަށް މީގެ ގަޑިއިރެއް ކުރިން ކަރަންޓް ދީފައިވާއިރު، ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކަށް ވެސް އޭރު ކަރަންޓް ދީފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.
ސްޓެލްކޯއިން ދެންމެ ވިދާޅުވީ، މިހާރު މާލެ ސަރަހައްދުގެ ހުރިހާ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް އަލުން ދީފައިވާ ކަމަށެވެ.
ކަރަންޓުގެ ހިދުމަތް މެދުކެނޑުމާއި ގުޅިގެން ރައްޔިތުންނަށް ދިމާވި ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.
+1
+1
ޚިޔާލުތައް