A wide advertisement which will be shown on all devices. (700 x 100)

ރާއްޖެއާއި ސިންގަޕޫރުގެ ގުޅުންވަނީ އިތުބާރުހުރި ފައިދާކުރުނިވި ގުޅުމަކަށް ބަދަލުވެފައި: ރައީސް

ރާއްޖެއާއި ސިންގަޕޫރުގެ ގުޅުންވަނީ އިތުބާރުހުރި ފައިދާކުރުނިވި ގުޅުމަކަށް ބަދަލުވެފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ، ސިންގަޕޫރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ރައީސް ވަނީ ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގް އަދި ރައްޔިތުންނަށް ސިންގަޕޫރުގެ ގައުމީ ދުވަހުގެ ތަހުނިޔާ ވަނީ ފޮނުވާފައެވެ. އަދި ރައީސް ވަނީ ޕޯސްޓްގައި ވަނީ ސުލްހަ މަސަލަސްކަމާއި ފާގަތިކަމަކީ ސިންގަޕޫރުގެ ކުރިއެރުމުގެ މުހިންމު ސިފައެއްކަން ފާހަގަކުރައްވާ، އެގޮތުގައި އަބަދުވެސް ދެމިއޮތުމަށް އެދިވަޑައިގަންނަވާފައެވެ.

ރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮންނަ ގުޅުން މިހާރު އިތުރަށް ބަދަހިވެ އިތުބާރު ހުރި ފައިދާކުރަނިވި ގުޅުމަކަށް ބަދަލުވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ވަރަށް ފަހުން ސިންގަޕޫރަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަތީ ފަންތީގެ ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ.

ރައީސްގެ އެ ދަތުރުފުޅުގައި ސިންގަޕޫރާއެކު މުހިންމު ތިން ދާއިރާއަކުން ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވެއެވެ. އަދި ރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އެ ފޯރަމްގައި ރާއްޖެއާއި ސިންގަޕޫރުގެ 200 އަށްވުރެ ގިނަ ވިޔަފާރިވެރިން ވަނީ ބައިވެރިވެފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !