ކާރެއް ބާރު ސްޕީޑްގައި ދުއްވުމުގެ ސަބަބުން ފުލުސް އޮފިސަރަކަށް ހާނިއްކަ ވެއްޖެއެވެ.
ފުލުހުން ބުނީ ބާރު ސްޕީޑްގައި ދުއްވި ކާރު ދުއްވަން އިނީ ކ. މާލޭ ހެންވޭރު ފިލިމާގޭ އުމުރުްން 18 އަހަރުގެ އައިކް ހައިޝަމް ކަމަށެވެ. މިހާރު އޭނާވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލައިގައި އަންހެނަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށާއި، މިހާރު އަންހެން މީހާ ވަނީ ދޫކޮށްލާފައި ކަމަށް ފުލހުން ބުންޏެވެ.
މި އެކްސިޑެންޑްގައި އަނިޔާވި ފުލުސް މީހާ ހުޅުމާލެ ހޮސްޕިޓަލުގައިފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައި ކަމަށާއި، އަދި އިތުރު ފަރުވާ ހޯދުމަށް ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށްވެސް ފުލހުން ވަނީ ބުނެފައެވެ. ފުލުސް މީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މި މައްސަލަ ފުލހުން ގެންދަނީ ތަހްގީގް ކުރަމުންނެވެ.
ޚިޔާލުތައް