A wide advertisement which will be shown on all devices. (700 x 100)

ކ.ގުރައިދޫ އިން ހަ ބިމެއް ވިއްކުމަށް އިއުލާންކޮށްފި

ކ.ގުރައިދޫ އިން ހަ ބިމެއް ވިއްކުމަށް އިއުލާންކޮށްފިއެވެ.

ގުރައިދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، މި ހަ ބިން ވިއްކުމަށް އިއުލާން ކޮށްފައި ވަނީ ގުރައިދޫގައި އަލަށް ހިއްކުނު ބިމުން ރަށުގެ ލޭންޑް ޔޫސް ޕްލޭންއާ އެއްގޮތަށް ކަމަށެވެ.

ގުރައިދޫ ކައުންސިލުން ވިދާޅުވީ، ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް 11 އޮގަސްޓް 2025 އިން ފެށިގެން 19 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 13:00 އަށް މި ކައުންސިލުގެ ރިސެޕްޝަނުން ބިޑު ފޮތް ވިއްކުމަށް ހަމަޖެގިފައިވާ ކަމަށެވެ. ބިޑު ފޮތުގެ އަގަކީ 20،000.00 ރުފިޔާ ކަމުގައި އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

އަދި ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 20 އޮގަސްޓް 2025 ވާ ބުދަ ދުވަހުގެ 13:00 ގައެވެ.

ގުރައިދޫ ކައުންސިލުން ވިއްކުމަށް ހަމަޖެހިފައިވާ ކޮންމެ ބިމެއްގެ ވެސް ބޮޑުމިނުގައި 2214 އަކަފޫޓު ހުރެއެވެ. ބިންތައް ވިއްކުމަށް ހަމަޖެހިފައި ވަނީ 18 އަހަރުވެފައިވާ ދިވެހިންނަށް ނުވަތަ ދިވެހި ވިޔަފާރިންނަށެވެ.

ބިޑުފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކަށާއި، ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި ބިޑު ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައިގައި ކަމަށް ކައުންސިލުން ވަނީ ހާމަކޮށްފައެެވެ

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 19 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640072 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެ ފަރާތުން ވަނީ އެދިފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !