A wide advertisement which will be shown on all devices. (700 x 100)

ބ.އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތާއެކު އެސަރަޙައްދުގެ ސިއްޙީ ނިޒާމަށް ބޮޑު ބަދަލެއް އަންނާނެ: ހެލްތް މިނިސްޓަރ

ބ.އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތާއެކު އެސަރަޙައްދުގެ ސިއްޙީ ނިޒާމަށް ބޮޑު ބަދަލުތަކެއް އަންނާނެކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހުގައި ބ. އަތޮޅަށް މިހާރު ކުރެއްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

މިނިސްޓަރ ވިދާޅުވީ ބ.އަތޮޅުގައި ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޞިއްޙީ ޚިދުމަތްދޭ އިމާރާތުގެ ޖާގައިގެ ދަތިކަން ކަމަށާއި އައު ހޮސްޕިޓަލާއެކު މި މައްސަލަ ހައްލުވެގެންދާއިރު އައު ހޮސްޕިޓަލާއެކު ގިނަ ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށެވެ.

ބ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ.

މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމްއެވެ. ހަވާލުކުރެއްވި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޘީމްއެވެ.

540 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެއްވި މި މަސައްކަތުގެ އަގަކީ 181.7 މިލިޔަން ރުފިޔާއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !