A wide advertisement which will be shown on all devices. (700 x 100)

މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމަށް މި އަހަރު 92 ހުށަހެޅުން ލިބިއްޖެ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ދޭ ނޫސްވެރިކަމުގެ މި އަހަރުގެ އިނާމަށް 92 ހުށަހެޅުން ލިބިއްޖެއެވެ.

އެމްއެމްސީން ބުނީ ނޫސްވެރިކަންކުރާ ފަރާތްތަކުގެ މަސައްކަތް ބަލައިގަނެ، ހިތްވަރު ދިނުމަށްޓަކައި އެމްއެމްސީން ދެމުން އަންނަ މި އިނާމަށް، 14 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި ކަމަށެވެ.

މިއަދު މެންދުރު 13:00 އާ ހަމައަށް އެވޯޑްތަކަށް ނަން ހުށަހެޅުމަށް އެމްއެމްސީން އޮތީ ހުޅުވާލައިފައެވެ.

އިނާމު ދިނުމަށް ކަނޑައަޅާފައިވަނީ ނޫސް މަޖައްލާ ކެޓަގަރީ އަދި އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީ ހިމެނޭހެން 14 ދާއިރާއަކަށެވެ.

12 ވަނަ ނޫސްވެރިކަމުގެ އިނާމުދޭ ދާއިރާތަކަކީ:

  1. ތަހުގިގީ ނޫސްވެރިކަމުގެ ދާއިރާ
  2. އިޖުތިމާއީ ދާއިރާ
  3. ސިޔާސީ ދާއިރާ
  4. ޝަރުއީ ދާއިރާއާއި ގާނޫނީ ދާއިރާ
  5. ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާ
  6. ކުޅިވަރުގެ ދާއިރާ
  7. ފޮޓޯ ޖާނަލިޒަމްގެ ދާއިރާ
  8. ޑޮކިއުމަންޓްރީގެ ދާއިރާ
  9. ފީޗަ ރިޕޯޓުގެ ދާއިރާ
  10. ލައިފްސްޓައިލާއި، މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ
  11. ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ
  12. އުންމީދީ ނޫސްވެރިޔާގެ އިނާމު
  13. އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު
  14. ރީޖަނަލް ނޫހުގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު
+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !