A wide advertisement which will be shown on all devices. (700 x 100)

މާލޭސިޓީގެ މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނަގަން ފަށައިފި

މާލޭސިޓީގެ މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނަގަން ފަށައިފި

މާލޭސިޓީގެ މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ބުނީ މި މަސައްކަތް ފަށާފައިވަނީ ފުލުހުންނާއި، މާލޭ ސިޓީ ކައުންސިލާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވުޒާރާ ގުޅިގެން ކަމަށެވެ.

އެގޮތުން މި މަސައްކަތުގެ ތެރެއިން ނަގަމުން އަންނަނީ އާންމުންނަށް ދަތިވާ ގޮތަށް ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތުދީފައެވެ.

ފުލުހުން ބުނެފައިވަނީ މިއީ މާލޭގެ މަގުތަކަކީ އެންމެންނަށް ރައްކާތެރި، ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން މަސައްކަތެއް ކަމަށެވެ.

 

ހުޅުމާލޭގެ އިތުރުން މާލޭގައި ވެސް ގަވައިދާ ހިލާފަށް ޕާކްކުރާ ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. އެގޮތުން މާލޭގެ ބޭރު މަގާއި މަޖީދީ މަގުގައި ޕާކުކޮށްފައިވާ ވެހިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން ފަށާފައިވާއިރު، މި މަސައްކަތުގެ ތެރެއިން މިހާތަނަށް ގިނަ އަދަދެއްގެ ވެހިކަލްތަކެއް ވަނީ ޓޯކޮށްފައެވެ. މީގެ ތެރޭގައި ހަތަރުފުރޮޅުލީ ވެހިކަލްތަކާއި ދެ ފުރޮޅުލީ ވެހިކަލްތައްވެސް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !