A wide advertisement which will be shown on all devices. (700 x 100)

ޕާކިސްތާނުގައި ފެން ބޮޑުވެ، އެތައް ބަޔަކު މަރުވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ބޯކޮށް ވާރޭ ވެހި ޕާކިސްތާނުގައި ފެން ބޮޑުވެ، ގިނަ އަދަދެއްގެ ބަޔަކު މަރުވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕާކިސްތާނުގައި ފެންބޮޑުވެ އެތައް ބަޔަކު މަރުވި ޚަބަރު އަޑުއެހީ ފުން ހިތާމައާއެކުކަމަށެވެ. އަދި މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި ގެއްލުން ލިބުނު ފަރާތްތަކަށް ތައުޒިޔާ ވިދާޅުވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ތައުޒިޔާގެ މެސެޖްގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހިތާމައިގެ މިދަނޑިވަޅުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބީ ޕާކިސްތާނު ރައްޔިތުންނާއެކުކަމަށެވެ.

ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި ފެން ބޮޑުވުމާއި ހޮނު އެޅުމުގެ ހާދިޘާތައް ދަނީ ކުރިމަތިވަމުންނެވެ. މި ހާދިސާގައި އެ ގައުމުގެ 300 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !