މައުމޫން ފައުންޑޭޝަނުން ޤައުމީ ދުވަހާ ގުޅިގެން ޅެން ހެދުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.
ގައުމީ ދުވަހުގެ ރޫހު އާލާކުރުމާއި، ދިވެހި ބަހާއި ސަގާފަތަށް އަހުލުވެރިކުރުވުމުގެ މަގްސަދުގައި ކުރިއަށްގެންދާ މިމުބާރާތުގެ 1 ވަނަ އިނާމަކަށް 5000 ރުފިޔާ، 2 ވަނަ އިނާމަކަށް 3500 ރުފިޔާ، އަދި 3 ވަނަ އިނާމަކަށް 2000 ރުފިޔާ ހުށަހަޅާފައިވާއިރު، އެންމެ މޮޅު 5 ޅެމަށް ހަނދާނީ ލިޔުން ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތަކީ ހުރިހާ ދިވެހިންނަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.
މުބާރާތުގައި ބައިވެރިވުމަށް ޅެން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 27 އޮގަސްޓު 2025 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00އެވެ. ޅެންތައް ފޮނުވާނީ contact@maumoonfoundation.org މި އީމެއިލް އެޑްރެހަށެވެ.މުބާރާތުގެ ގަވާޢިދުތައް މައުމޫން ފައުންޑޭޝަންގެ ރަސްމީ ފޭސްބުކް ޕޭޖާއި، އެކްސް ޕޭޖުން ލިބެންހުނާނެކަމަށާއި އިތުރު މައުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މައުމޫން ފައުންޑޭޝަންގެ ފޯން ނަމްބަރު 7981500 އަށް ގުޅުއްވުމުން މައުލޫމާތު ފޯރުކޮށްދޭނެކަމަށް މައުމޫން ފައުންޑޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.
ޚިޔާލުތައް