A wide advertisement which will be shown on all devices. (700 x 100)

މީޑިއާ ބިލް އޮތް ގޮތުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ: މީޑިއާ ކައުންސިލް

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބިލު ފަރުމާ ކޮށްފައި އޮތީ ނޫސްވެރިކަމުގެ ހައްގަށް ހުރަސް އެޅޭ ގޮތަށް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލް މަޖިލިހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާން އަބޫބަކުރެވެ.

މި ބިލާއި ދެކޮޅަށް މިއަދު މިޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އެ ބިލު އުފައްދާ ކޮމިޝަން އެކުލަވާލާފައިވާ ގޮތުން އަދި މެމްބަރުން ވަކިކުރުމުގެ ބާރު ދީފައި އޮތް ގޮތުން މީޑިއާ ތަކަށް މިންވަންކަމާއި، އެކު މަސައްކަތް ކުރުމަށް ހުރަސް އެޅި، ވަރަށް ބޮޑަށް ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހަށް ލިބިދޭނެ ކަމަށެވެ. ނޫސްވެރިން ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ އެއްވެސް މައުލޫމާތެއްގެ މަސްދަރު އެއްވެސް މީހަކަށް ހާމަ ކުރުމަށް މަޖުބޫރު ކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށާއި، ނަމަވެސް އެ ބިލު އެކުލަވާފައިވަނީ އެ ހައްގުވެސް ނިގުޅައިގަނެވޭ ގޮތަށް ކަމަށެވެ.

އޭގެ އިތުރުން، މީޑިއާތަކަށް ފިޔަވަޅު އަޅާ ގޮތަށް ހިމަނާފައިވާ ބައެއް މާއްދާތަކުގައި ހިމަނާފައި އިބާރާތްތަކަކީ، ސާފު އިބާރާތްތަކަށް ނުވާތީ، އެ އިބާރާތްތައް ބޭނުން ގޮތަކަށް މާނަކޮށްގެން ނާޖާއިޒު މަންފާ ނެގޭނެ ގޮތަށް ފުރުސަތު ހުޅުވިގެން ދާނެ ކަމަށް ބިލްގައި ފާހަގަ ކޮށްފައިވާކަމަށެވެ.

އަދި މީޑިއާތަކަށް ފިޔަވަޅު އެޅުމުގައި އެއްވެސް ކަހަލަ އަދުލުވެރިކަމެއް ނެތި ފިޔަވަޅު އެޅުމުގެ ދޮރު އޭގެ ސަބަބުން ހުޅުވި، ޝަރުއީ ނިޒާމުގެ ތެރެއިން މައްސަލައެއް ސާބިތު ނުވަނީސް، އެ މީޑިއާއެއް ހުއްޓުވާލުމުގެ ބާރު ކޮމިޝަނަށް ބިލުން ދީފައިވާ ކަމަށް މީޑިއާ ކައުންސިލްގެ ބަޔާނުގައިވެއެވެ.

‎ގާނޫނުއަސާސީގެ ރޫހާވެސް ހިލާފަށް އޮތް މިހާރު ހުށަހަޅާފައިވާ ބިލަކީ، މިނިވަން ނޫސްވެރިކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި މިއީ ބުރަ މަސައްކަތުން ހޯދައިފައިވާ ނޫސްވެރިކަމުގެ މިނވަންކަން އެތައް އަހަރެއް ފަހަތަށް ގޮސް، ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ މިހާރު ލިބިފައި އޮތް ދަރަޖަ ވަރަށް ބޮޑަށް ވެއްޓިގެން ދާނެ ކަމެއް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ޖުމުލަ 70 ސަފުހާގެ މި ބިލާ ގުޅޭ ގޮތުން އަދިވެސް ގިނަ ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި ކައުންސިލުން އެކަންކަން ދިރާސާ ކުރަމުންދާ ކަމަށް ބަޔާނުގަ ވަނީފާހަގަ ކޮށްފައެވެ.

މީޑިއާ ކައުންސިލްގެ ބަޔާނުގައި ބުނީ ޒިންމާދާރު މިނިވަން ނޫސްވެރިކަމުގެ ވެއްޓެއް ރާއްޖޭގައި އޮތުމަށާއި މި ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކައުންސިލުން އަބަދުވެސް މަރުހަބާ ކިޔާ ކަމަށާއި، އަދި އެކަމަށް ފުޅާ ދާއިރާއެއް މަޝްވަރާ ކުރަން ޖެހޭނެ ކަމަށް ބަޔާނުގައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !