A wide advertisement which will be shown on all devices. (700 x 100)

ކޮފްސީ ސިރަޕް ރާއްޖެއަށް އިމްޕޯޓް ކުރުމާއި، ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި

ކޮފްސީ ސިރަޕް ރާއްޖެއަށް އިމްޕޯޓް ކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ ރާއްޖޭގައި ވިއްކާ ބޭހަކީ ފެންވަރު ރަނގަޅު ބޭހެއްތޯ ކަށަވަރުކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެމަސައްކަތްތަކުގެތެރެއިން ބޭހުގެ މާކެޓް ސާވެއިލަންސް ކުރަނިކޮށް، ކޮފްސީ ސިރަޕްން ކޮލިޓީގެ މައްސަލަތަކެއް ފާހަގަކުރެވިފައިވާކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން އެ ބޭސް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކުރެވިފައިވާ ކަމަށެވެ.

އަދި އެއްވެސް ފާރމަސީއެއް ގައި މިބޭސް ހުރި ނަމަ، ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ބޭސްތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދަމުންދާ ކަމަށެވެ.

އެމްއެފްޑީއޭއިން ބުނީ މިބޭސް ބޭނުން ކުރުމުގެ ސަބަބުން، މިހާތަނަށް އެއްވެސް ފަރާތަކުން ޞިއްޙީ މައްސަލައެއް ދިމާވެގެން އެއޮތޯރިޓީ އަށް ރިޕޯޓް ކޮށްފައި ނުވާކަމަށެވެ.

މީގެއިތުރުން ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތަކަށް ސަމާލުވުމަށް ވެސް އެމްއެފްޑީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ބޭހާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާ ނަމަ، މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ޑިވިޜަންގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުއްވުމަށް އެމްއެފްޑީއޭއިން ވަނީ އެދިފައެވެ.

 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !