A wide advertisement which will be shown on all devices. (700 x 100)

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަންޖެހޭ 3 މީހެއްގެ މައުލޫމާތު އާންމުކޮށްފި

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަންޖެހޭ 3 މީހެއްގެ މައުލޫމާތު އާންމުކޮށްފިއެވެ. ފުލުހުން މިއަދު އިއުލާންކޮށްފައިވަނީ

ތ. ތިމަރަފުށި / އިރުދޭމާގެ، އުމުރުން 43 އަހރުގެ، އިސްމާޢީލް މޫސާ އާއި ހ. ހުދުފަޅު / މާލެ، އުމުރުން 48 އަހަރުގެ، މުޙައްމަދު ރިޒުވީ  އާއި ހއ. މާރަންދޫ / ފިނިރޯޅި، އުމުރުން 48 އަހަރުގެ، އަޙްމަދު ނިޔާޒް ހޯދުމަށެވެ.

މީގެ ތެރެއިން އިސްމާއީލް މޫސާއާއި މުޙައްމަދު ރިޒްވީ ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ތަފާތު ދެ މައްސަލައަކާ ގުޅިގެންނެވެ.

އެގޮތުން އިސްމާއީލް މޫސާ 2025  އޮގަސްޓް 27 ވަނަ ދުވަހުގެ 10:00 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް އަދި މުޙައްމަދު ރިޒްވީ  2025 އޮގަސްޓް 26 ވަނަ ދުވަހުގެ 10:15 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފައި ކަމަށް ފުލހުންވަނީ ބުނެފައެވެ.

އަޙްމަދު ނިޔާޒް ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ 2025 26 އޯގަސްޓް ގެ ހެނދުނު 10:00 އަށް އޭނާ އެ ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޯށްފައިވާތީއެވެ.

އެހެންކަމުން މި މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލހުންގެ ޚިދުމަތުން ވަނީ އެދިފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !