A wide advertisement which will be shown on all devices. (700 x 100)

ސްޓެލްކޯއިން މިއަދު ކުރިއަށް ގެންދިޔަ މޭޖަރ މެއިންޓެނެންސް މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފި

ސްޓެލްކޯއިން، ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިގެން، މިއަދު ކުރިއަށް ގެންދިޔަ މޭޖަރ މެއިންޓެނެންސް މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިކަމާ ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މަސައްކަތް ފުރިހަމަކޮށް، ތާވަލް ކުރެވިފައިވާ ގަޑީގެ ކުރިން ހުރިހާ ކަސްޓަމަރުންނަށް ކަރަންޓު ދީފައިވާ ކަމަށެވެ. މި މަސައްކަތް މިއަދު ހެނދުނު 8:43 ގައި ނިންމާފައިވާއިރު، ސްޓެލްކޯއިން މި މަސައްކަތް ނިމޭނެ ކަމަށް ތަވާލު ކުރީ ހެނދުނު 10:00 އަށެވެ.

ފަހުމީ ވިދާޅުވީ މިކަން ހާސިލް ކުރެވުނީ ސްޓެލްކޯގެ އިންޖިނިއަރުންނާއި ޓެކްނީޝަނުންގެ ގާބިލްކަމާއި ހީވާގިކަމުންކަމަށެވެ.

އަދި މަސައްކަތުގެ އަހުލާގާއި އެ މަސައްކަތަށް އޮންނަ ލޯތްބާއި، ރައްޔިތުންނަށާއި ގައުމަށް ހިދުމަތްކުރުމުގެ މަތިވެރި ރޫޙު ސްޓެލްކޯގެ މުވައްޒަފުންގެ ކިބައިގައި ހުރި ކަމަށް ވިދާޅުވެ، އޭނާ ވަނީ ސްޓެލްކޯގެ މުވައްޒަފުންނަށް ތައުރީފު ކުރައްވައި އެ މީހުންގެ އަގުވަޒަން ކުރައްވައިފައެވެ.

މިފަދަ ކޮންމެ ދަނޑިވަޅެއްގައި ގްރޭޓާ މާލެ ސަރަހައްދުގެ ކަސްޓަމަރުންގެ ފަރާތުން އެ ކުންފުންޏަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފަހުމީ ވަނީ އެންމެހާ ކަސްޓަމަރުންނަށް އިހްލާސްތެރިކަމާއެކުގައި ޝުކުރު ދަންނަވައިފައެވެ.

މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި އެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ހުޅުމާލޭގައި ގާއިމުކޮށްފައިވާ 50 މެގަވޮޓްގެ އިންޖީނުގޭގައި ކޮންމެހެން ކުރަންޖެހޭ މުހިންމު މޭޖާ މަސައްކަތެއް ކުރުމަށް، ކަރަންޓު ކެނޑީ މިއަދު ހެނދުނު 06:00 އިން 10:00 އަށެވެ. ކޮންމެ ސަރަހައްދަކުން ވެސް ކަރަންޓު ކަނޑާލީ އެއް ގަޑިއިރަށެވެ.

ކަރަންޓު ކެނޑުމުގެ ކުރިން އެސްއެމްއެސް މެދުވެރިކޮށް ސްޓެލްކޯއިންވަނީ ކަރަންޓު މެދުކެނޑޭނެ ވަގުތުތަކާއި ސަރަހައްދުތައް ދުރާލާ ކަސްޓަމަރުންނަށް އަންގާފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !