އަވަށްޓެރި އިންޑިއާއިން 14 މީހުންގެ ޖާގައިގެ ވޭނެއް ރާއްޖޭގެ އިމިގްރޭޝަނާ އިއްޔެ ހަވާލުކޮށްފިއެވެ.
މި ވޭން ހަވާލު ކުރުމުގެ ރަސްމިއްޔާތު އޮތީ ހުޅުމާލޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގައެވެ.
އިންޑިއާގެ ފަރާތުން މި ވޭން، އިމިގްރޭޝަންއާ ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ ބަލަސުބްރަމާނިއަންއެވެ. އަދި އިމިގްރޭޝަންގެ ފަރާތުން މި ވޭނާ ހަވާލުވެވަޑައިގެންނެވީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން އަހުމަދު ފަސީހެވެ.
މިއީ އިމިގްރޭޝަންގެ އޮޕަރޭޝަންތަކުގައި ބޭނުން ކުރެވޭނެ އުޅަނދެކެވެ.
އިންޑިއާ އިން އަންނަނީ ރާއްޖެއަށް އެކި ގޮތް ގޮތަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ، ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އަށް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
އޭގެ ތެރޭގައި ފްރީޓްރޭޑް އެއްބަސްވުމުގެ އިތުރުން 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކެރޑިޓްގެ އެއްބަސްވުންވެސް ހިމެނެއެވެ.
ޚިޔާލުތައް