A wide advertisement which will be shown on all devices. (700 x 100)

މާލޭގައި ބޮޑު ޕަވާ ޕްލާންޓެއް ގާއިމްކުރެވޭތޯ މަސައްކަތް ކުރަމުންދާ ސްޓެލްކޯގެ އެމްޑީ ވިދާލުވެއްޖެ

ސަރުކާރާއި ގުޅިގެން މާލޭގައި ބޮޑު ޕަވާ ޕްލާންޓެއް ގާއިމްކުރެވޭތޯ މަސައްކަތް ކުރަމުންދާ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ފަހުމީ ވިދާޅުވީ މާލެއަކީ ދުނިޔޭގެ އެހެން ކެޕިޓަލް ސިޓީތަކާއި ހިލާފް ކޮމަން ގްރިޑެއް އޮންނަ ތަނެއް ކަމަށެވެ. މާލޭގައި އޮންނަނީ ހަމައެކަނި ސްޓެލްކޯ ގްރިޑް ކަމަށާއި ޕަވާ އުފައްދަނީ ވެސް އެތަނުން ކަމަށް ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ކަރަންޓުނެތި އުޅެވޭނެ ހާލަތެއް މާލެއަކު ނެތް ކަމަށާއި ފެނާއި އަސާސީ ހުރިހާ ހިދުމަތެއް ބިނާވެފައިވާ ކަރަންޓުގެ މައްޗަށް ކަމަށެވެ.

ޑައުންޓައިމް ކުޑަކުރުމަށާއި އަދި ކަރަންޓު ނުކެނޑޭނެ ގޮތްތަކެއް ޕްލޭން ކުރުމަށް އަބަދުވެސް މަސައްކަތް ކުރާކަމަށާއި އެހެން ނަމަވެސް ކޮންމެ ކަމެއް ވެސް ދިމާވަނީ ފައިސާއާކަމަށް ފަހުމީ ވިދާޅުވިއެވެ. 100 މެގަވޮޓްގެ އާ ޕަވަރޕްލާންޓެއް އެޅުމަށް 200 މިލިއަނެއްހާ ޑޮލަރު ބޭނުންވާކަން ފާހަގަކުރައްވަމުން ފަހުމީ ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު ޤައުމުއޮތީ ދަރުވާލާފައިކަމަށެވެ. އެހެންކަމުން އެ ޕްލޭން ކުރިއަށް ގެންދަން މާލީ ގޮންޖެހުންތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

ފަހުމީ ވިދާޅުވީ މި އަހަރު ވެސް މިދިޔަ އަހަރުގައި ވެސް ޕީކްގައި 17 މެގަވޯޓް އިތުރުކުރި ކަމަށާއި ނަމަވެސް އެއީ ސަސްޓޭނަބަލް މޮޑަލެއް ނޫން ކަމަށް ވިދާޅުވިއެވެ. ހައި ސްޕީޑް އިންޖީން ގެނެސް ބަހައްޓައިގެން ހިންގުމަކީ ސަސްޓެއިނެބަލް މޮޑަލެއް ނޫންކަންވެސް ފަހުމީ ފާހަގަކުރެއްވިއެވެ.

ފަހުމީ ވިދާޅުވީ ސްޓެލްކޯގެ އަމާޒަކީ ގޮންޖެހުންތަކުން އަރައިގަނެ ކުރިއަށް ދިއުންކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !