މަރުވެފައި އޮއްވާ ފެނުނުމީހާ އޮތީ ވަރަށް ބޮޑަށް ކުނިވެފަ ކަމަށާއި، ބެލެވެނީ އެއީ ބިދޭސީއެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންބުނީ ހުޅުމާލޭ ވޯޓާރ ތީމް ޕާކް ހަދަން ދީފައި އޮތް ވިނަގަނޑުތެރޭ ނިޔާވެފައި އޮއްވާ ފެނުނީ ފިރިހެނެއް ކަމަށާއި، މިހާތަނަށް އެމީހާގެއައިޑެންޑިޓީ ކަށަވަރުފެއި ނުވާ ކަމަށެވެ.
ނަމަވެސް އޮގަސްޓް 21 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާ ކަމަށް ބެލެވިދާނެ ބައެއް ކަންކަން ތަހްގީގަށް މިހާތަނަށް ވަނީ ހޯދިފައި ކަމަށެވެ.
އެމީހާގެ އައިޑެންޑިޓީ ކަށަވަރު ކުރުމަށް މަސައްކަތްތައް މިހާރު ގެންދަނީ ކުރަމުން ކަމަށެވެ.
ރާއްޖޭގަ ކުންފުންޏެއްގައި މަސައްކަތް ކުރަމުން އައި ހުޅުމާލޭގައި ދިރިއުޅޭ ނޭޕާލުގެ މީހަކު، މިމަހުގެ 21 ވަނަ ދުވަހުގެ ރެއިން ފެށިގެން ގެއްލިފައިވާ ކަމަށް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.
+1
+1
ޚިޔާލުތައް