A wide advertisement which will be shown on all devices. (700 x 100)

ރަސްމާލެ ހިއްކާ ސަރަހައްދު ކައިރިން ޑައިވް ނުކުރަން އިލްތިމާސްކޮށްފި

ރަސްމާލެ ހިއްކާ ސަރަހައްދާ ކައިރިން ޑައިވް ނުކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން އިލްތިމާސްކޮށްފިއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ވަނީ ރަސްމާލެ ބިންހިއްކުގެ މަޝްރޫއުގެ ސައިޓް ސީ އަދި އީ ސަރަހައްދު ހިއްކުމަށް ވެލި ނަގަން ހަމަޖެހިފައިވާ ބޮރޯ އޭރިއާ އާއި ބިން ހިއްކާ ސައިޓާ ދޭތެރޭ ކޮންޓްރެކްޓާ ޑްރެޖަރު 24 ގަޑިއިރު ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.

އަދި ބިން ހިއްކުމަށް ވެލި ނަގަން ހަމަޖެހިފައިވާ ބޮރޯ އޭރިއާގައި ޑްރެޖާ ހަރަކާތްތެރިވާނެ ސަރަހައްދާއި ބޮރޯ އޭރިއާ އާދި ބިން ހިއްކާ ސައިޓާ ދޭތެރޭގައި ކޮންޓްރެކްޓާގެ ޑްރެޖާ ދަތުރުުރާނެ ހާއްސަ ރޫޓެއް ހަމަޖެހިފައިވާ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން އެ ސަރަހައްދުތަކުގައި އުޅަނދު ފަހަރު އަޅައިގެން ތިބުމާއި ޑައިވްކުރުން ފަދަ ކަންކަން ކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށާއި އެ ސަރަހައްދުން ކަނޑު ދަތުރުކުރާ ފަރާތްތަކުންވެސް ރައްކާތެރިކަމަށް ސަމާލުކަން ދީގެން ން ދަތުރުކުރުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ފުށިދިއްގަރުފަޅު ހިއްކައިގެން ހަދާ ރަސްމާލެއަކީ 240،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. ރަސްމާލޭގައި 26،000 ފްލެޓާއި 11،000 ގޯތި ދިނުމަށް ޕްލޭންގައި ހިމެނޭއިރު، ރަސްމާލެ ތަރައްގީކުރަނީ މޫސުމަށް އަންނަ ބަދަލުތަކާއި ރަށްގިރުމުން ސަލާމަތްކުރުމަށް މޫދުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރުގެ އުސްމިނަށެވެ. އެއީ ހުޅުމާލެ އަށްވުރެ 0.5 މީޓަރު އުހެވެ. މި ސިޓީ ވެގެންދާނީ ތިމާވެއްޓާ ރައްޓެހި ސިޓީއަކަށެވެ. އެގޮތުން މިތަން ތަރައްގީ ކުރަމުން ގެންދަނީ “ސޭފް އައިލެންޑް”އެއްގެ ގޮތުގައި، އިންޓަނޭޝަނަލް މިންގަނޑުން ކަނޑައެޅޭވަރަށް ހިއްކައިގެންނެވެ.

ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއު ފެށީ ޑިސެމްބަރު 18، 2023 ގައެވެ. މި މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމަށް 2024 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި 400 މިލިއަން ރުފިޔާ ހިމެނި ނަމަވެސް އެމްޑީޕީގެ މެޖޯރިޓީއެއް އޭރު އޮތް ރައްޔިތުންގެ މަޖިލިހުން ވަނީ އެ މަޝްރޫއަށް ކަނޑައެޅި ބަޖެޓު އުނިކޮށް، އެ ފައިސާ ތަރައްގީގެ އެހެން މަޝްރޫއުތަކަށް ބަހާލައިފައެވެ. އެހެންވެ، މިދިޔަ އަހަރު އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވިއެވެ.

މިހާރު އަނެއްކާވެސް މިތަން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑްގައި ދަނީ ކުރަމުންނެެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !